ޚަބަރު

ކައުންސިލް އިންތިހާބު މާޗް މަހު ބާއްވަން ތައްޔާރުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

Ads by STELCO

ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ލަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިން ބާއްވަން ހަމަޖައްސާފައި ވަނީ އޭޕްރިލް މަހުގައެވެ. އަންނަ އަހަރު މާޗް މަހު މި އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ރާއްޖެޓީވީގެ ރޭގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިންތިހާބުގެ ބަޖެޓަށް ބަދަލު ގެނައުން ފަދަ މަސައްކަތްތަކުގެ އިތުރުން ޕްލޭނިންގް މަސައްކަތްތައް ވެސް ކުރަމުން ގެންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!