ކައިވެނި ކުރުމުގައި އުމުރު ތަފާތު ވުމަކީ މަައްސަލައެއް ނޫން ، މައްސަލައަކީ މުޖުތަމަޢު ދެކޭގޮތް!
އުމުރު ތަފާތު މީހަކާ ކައިވެނި ކޮށްފިނަމަ އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި މުޖުތަމަޢުގެ ވަރަށް ގިނަބަޔަކު ދެކެއެވެ. އެކަމާއި ފާޑު ކިޔާ މަލާމާތް ކުރުން ވެސް އިތުރު ވެގެން ދެއެވެ. ކަން މިހެން ހުރުމާއެކު ކައިވެނި ކުރަން ބޭނުން ވިޔަސް ހާއްސަކޮށް އަންހެނުން ، ރައްޓެހިންނާއި މުޖުތަމަޢުގެ މަލާމާތާއި ފުރައްސާރައަށްޓަކައި ފަސްޖެހެއެވެ. ލޯބި ޤުރުބާން ކުރަން މަޖުބޫރުވެއެވެ.
ކައިވެނި ކުރަން ބޭނުންވާ ދެމީހުންނާއި އެދެމީހުންގެ ޢާއިލާއަށް އުމުރުގެ ތަފާތު މައްސަލައަކަށް ނުވާއިރު މުޖުތަމަޢަށް އެއީ ބޮޑު މައްސަލައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ މައްސަލަކީ އުމުރެއް ނޫނެވެ. މައްސަލައަކީ އަހަރުމެންގެ ތެރެއިިން ބައެއް މީހުންގެ ވިސްނުމެވެ. ބަދަލު ކުރަންވީ އަހަރުމެން ދެކޭ ގޮތެވެ. ރާއްޖެ ކަހަލަ އިންތިހާއަށް ވަރި ގިނަ ޤައުމެއްގައި އުމުރު ތަފާތު ވުމުގެ ސަބަބުން އެތަކެއް ގުޅުމެއް ނިންމާލަން މަޖުބޫރުވެފައި އެބަހުއްޓެވެ. އާ ޙަޔާތެއް ފެށުމަށް ކުރަންމުން ދާ ފޮނި އުންމީދަށް ހިތި ނިމުން އާދެއެވެ.
ގިނަ ފަހަރު މިކަމުގެ އެހެންމެ ހިތި ރަހަ ތަޖުރިބާތައް ކުރަން ޖެހެނީ އަންހެނުންނަށެވެ. އެ ފަދަ އަންހެނަކާ ކައިވެނި ކުރަން ފިރިހެނުން ބޭނުން ނުވާ އެއް ސަބަބަކީ އޭނާގެ ރައްޓެހިންނާއި އެހެން މީހުންގެ ފަރާތުން ކުރިމަތިވާނެ މަލާމާތުގެ ބަސްތަކެވެ. އުމުރު ތަފާތު ވުމަކީ ކައިވެނި ބާއްޖަވެރިވުމަށް އޮތް ހުރަހެއް ނޫނެވެ. ކައިވެނި ބާއްޖަވެރިވެ އުފާވެރި ޙަޔާތެއް ލިބެނީ އެ ދެމަފިރިޔަކު އެކަމަށް މަސައްކަތް ކުރުމުންނެވެ.
އުމުރު އެއްވަރުވި ނަމަވެސް އެ ގުޅުމެއްގައި އެކަކު އަނެކަކަށް ކުރަންޖެހޭ އިޙްތިރާމާއި ލޯތްބާއި ޤަދަރު ނެތް ނަމަ އެ ގުޅުމެއް މާ ގިނަ ދުވަސްތަކެއް ވަންދެން ދެމިއެއް ނޯންނާނެއެވެ. އަހަރުމެންގެ މާތް ނަބިއްޔާގެ ޙަޔާޕުޅުން ވަނީ އުމުރު ތަފާތު ވުމަކީ ކައިވެނި ކުރުމަށް އޮތް ހުރަހެއް ނޫންކަން މުޅި އުންމަތަށް ވަރަށް ފުރިހަމަ އަށް ހާމަކޮށް ދެއްވާފައެވެ.
ރަނގަޅު ޙަޔާތެއް ބިނާކުރުމަށް ބޭނުން ވަނީ ރަނގަޅު ހެޔޮލަފާ ބައިވެރިޔެކެވެ.
އެފަދަ ބައިވެރިޔަކީ އުމުރުގެ ތަފާތު ތަކެއް ހުރި ނަމަވެސް ހިޔާލާއި ފިކުރު އެއްގޮތް މީހެއްނަމަ އިހްތިޔާރު ކުރާށެވެ. އުމުރަކީ ހަމައެކަނި ހިސާބު އަދަދެއް ކަމަށް ހީކޮށްލާށެވެ. އުމުރު ތަފާތު ދެމީހަކު ގުޅުމުން އެކަމާ މަލާމާތް ނުކޮށް އެކަމަށް މުޖުތަމަޢުން ހިތްވަރުދީ ތަރުހީބު ދޭނަމަ ޙަޔާތުގެ އުންމީދުގެ ހުޅުކޮޅު ނިވަމުންދާ އެތައް ހިތަކަށް އުންމީދުގެ އަލިކަން ފޯރާނެކަން ޔަޤީނެވެ. އަދި އެކަނިވެރިކަމާއި މާޔޫސް ކަމުގައި ޙަޔާތް ވޭތުކުރަމުންދާ އެތަކެއް މީހުންނަށް އާ ޙަޔާތެއް ފެށުމުގެ ހިތްވަރު އާލާ ވެގެން ވެސް ދާނެއެވެ.
ޝުކުރިއްޔާާ މިި ލިޔުމައް
ފިރިހެން މީހާ 10 އަހަރު ހަޤުވީމާ ވާނެގޮތަކީ ސައިޑް ޖައްސާލެއް ގިނަ ވާނެ
ތީވެސް ތިބޭފުޅާގެ ވިސްނުން ކޮށިވީމަ ދެކޭގޮތް..
އިންނަން ބޭނުން ވެގެން އިނދެފް ކީއްކުރަން ސައިޑަށް ޖައްސަނީ. މަޖުބޫރެއް ނުކުރޭ ދޯ އިންނާކަށް