ޚަބަރު

ނޮވެމްބަރު 3 ގައި ރާއްޖެ އެރީ އިންޑިއާއިން ތަމްރީނުކޮށް ހަތިޔާރު ދިން ޖަމާޢަތެއް: ކާނަލް ފަޔާޒް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

3 ނޮވެމްބަރު 1998ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ރާއްޖެއަށް އެރީ އިންޑިއާއިން ތަމްރީނުކޮށް ހަތިޔާރުދިން ޖަމާއަތެއް ކަމުގައި ކާނަލް އަހުމަދު ފަޔާޒް ރިޒާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނީ އިންޑިއާއިން ކަމަށާއި އެދުވަހު ރައީސާއި ބައެއް ސިފައިން ތިބީ ބިރުން ފިލައި ކަމަށް ވިދާޅުވެ، މަޖިލީގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް ކާނަލް އަހުމަދު ފަޔާޒް ރިޒާ ފޭސްބުކުގައި ވަނީ ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

އިންޑިޔާގެ ދެކުނުގައި ހުންނަ ސިރުމަލައި ކޭމްޕުގައި ޕްލޯޓުގެ އިސްވެރިޔާ އުމާ މަހޭޝްވަރަމް އިންޑިޔާގެ ރޯއާއެކު ތަމްރީނުތައް ހެދި ޒަމާނުގެ ފޮޓޯއެއް ހިއްސާކުރައްވާ ކާނަލް ފަޔާޒް ވިދާޅުވީ އެދުވަހުގެ ހަމަލާއާ ގުޅިގެން ދިވެހި ސިފައިންގެ އަބުރާ އިއްޒަތަށް ހުތުރު ގޮތަށް އެކި އެކި ވާހަކަ ދައްކަމުން އައި ނަމަވެސް ހަގީގަތަކީ އެ ދުވަހުގެ އުދުވާނަކީ އިންޑިއާއިން ތަމްރީންކޮށް އިކުއިޕް ކޮށް ޕްލޭން ގެންގުޅުނު ތަމަޅަ ގުރޫޕަކުން ދިން ހަމަލާއެއް ކަމަށެވެ.

އަދި ދިވެހި ސިފައިންގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަދައްކާ މީހުން މިވާހަކަ ނުދައްކަނީ ކީއްވެތޯ ފަޔާޒު ސުވާލު އުފެއްދެވިއެވެ.

"އިންޑިއާ ސިފައިން އައިރު ބާގީން ފިލައިގެން ގާދޫ ކޮލުން ނިކުމެގެން ދަނީ އެވެ. ސުވާލަކީ އިންޑިއާ ސިފައިން ކުރީ ކޮން ކަމެއް ތޯ އެވެ؟" ކާނަލް ގެ ޕޯސްޓުގައި ސުވާލު އުފެއްދެވިއެވެ.

ކާނަލް އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ކުރި ހަމައެކަނި ކަމަކީ ރަހީނު ކޮށްގެން ގެންދިޔަ މީހުންގެ ތެރެއިން ބައެއް ދިވެހިން ސަލާމަތް ކުރުން ކަމަށާއި މިކަން އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!