ޚަބަރު

ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ބޭނުން ކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ މައާފްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް އިމްޕޯޓުކުރެވޭ ސާމާނުތަކުގެ ތެރެއިން ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސްއާއި ކަވަރއޯލް، ހަޒްމަތް ސޫޓްސް، އަދި ސާރޖަން ކެޕްސް ގެ އިތުރުން ޝޫ ކަވަރު ފަދަ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ ރައީސުލްޖުމްހޫރިއްޔާ މައާފް ކޮށްދެއްވައިފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ މި ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ.

ރައީސް ސޯލިހު އެގޮތަށް ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދެއްވީ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ގެ އަށް ވަނަ މާއްދާގެ ހ. އާއި ށ. އިން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އަށް ވަނަ މާއްދާގެ ހ. އާއި ރ. ގެ ދަށުން ކަމުގައި ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ބައެއް ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދެއްވައިފަ އެވެ. އެގޮތުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި، މާސްކާއި، ފޭސް ޝީލްޑް، އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ ފަދަ ތަކެތީގެ ޑިއުޓީ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!