ކަނޑިންމަ ރިސޯޓުން ނެގި 176 ސުންކުގެ ތެރެއިން 46 ސުންކު ފައްސި

ކަނޑިންމަ ރިސޯޓުން މިހާތަނަށް ނެގި 176 ސުންކުގެ ތެރެއިން 46 ސުންކު ފައްސި ވެއްޖެއެވެ. އަދި ނައްސި ވެފައިވަނީ 126 މީހުންނެވެ.
މި ސުންކުތަކުގެ ތެރެއިން 04 ސުންކެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.
ކަނޑިންމަ ރިސޯޓުން ބަލިވެގެން ދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ މީހަކު ވެސް ވަނީ އޮކްޓޯބަރު 31 ވަނަ ދުވަހު ނިޔާވެފައެވެ. ނިޔާވިއިރު، އޭނާގެ ގައިގައި ބަލީގެ އަލާމާތްތަކެއް ހުރުމުން ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރިއިރު ކޮވިޑަށް ފައްސިކަން އެނގުނެވެ.
މީގެ ދެ ދުވަސް ކުރިން ނޮވެމްބަރު 1 ވަނަ ދުވަހު ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 17 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.