ޚަބަރު

އިސްލާމްދީނަށް ފުރައްސާރަ ކުރާ ރުސްތަމްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ގދ. ތިނަދޫ، ރުސްތަމް މުޖުތަބާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

Ads by STELCO

ފުލުހުން ބުނީ ދީނީ އެއްބައިވަންތަ ކަމާއި މުޖުތަމައުގެ ސުލްހަ މަސްލަހަތު ނަގައިލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި އުމުރުން 37 އަހަރުގެ މީހަކަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ރުސްތަމްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ ދެވަނަ ހަފްތާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ވެސް ރުސްތަމް ހައްޔަރުކޮށްފައެވެ. މައްސަލަ ކޯޓުގައި އޮއްވާ، އޭނާ ދޫކޮށްލީ މާޗް މަހުގެ ނުވަ ވަނަ ދުވަހު، ކޯޓުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

ރުސްތަމް ވަނީ މީސް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ﷲ އާއި ކީރިތި ރަސޫލާއަށް ބަދު ބަސްތައް ބުނެފަ އެވެ. އަދި އޭނާ ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!