އިތުރު 16 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ
އިތުރު 16 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 16 މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި، ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިޔާގެ ހަތަރު މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްް-19އަށް ފައްސިވި މީހުންގެ އަދަދުވަނީ 244 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ފައްސިވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުވަނީ 73 މީހަކު ފައްސިވެފައެވެ.
ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. އަނެއް 151 މީހުންނަކީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
Ads by Allied Insurance