އިދިކޮޅުގެ ޖަލްސާގެ ތެރެއިން އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅުން ބޭއްވި "ބަޑި ބުރާސްފަތި" ޖަލްސާގެ ތެރެއިން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުގެ އިތުރު ބައެއް މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޕީއެންސީ ކައުންސިލު މެންބަރ ނަބީލް ޒަމީލާއި އަމްސޫދާ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަހަރުގެ "ނަސްރުގެ ދުވަހުގެ" މުނާސަބަތުގައި އެންމެ ފުރަތަމަ މިޖަލްސާ ބޭއްވުމަށް ނިންމީ ކާނިވަލު ސަރަޙައްދުގައެވެ. ޖަލްސާ ބޭއްވުމުގެ ހުއްދައަކަށް އެދި އެކޯލިޝަނުން ވަނީ އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލަށް ވެސް ސިޓީ ފޮނުވާ ހުއްދައަށް އެދިފައެވެ.
ނަމަވެސް އެޗްޕީއޭ އިން އެހުއްދަ ނުދެއްވުމުގެ ސަބަބުން އެޖަލްސާ ދެން ބޭއްވުމަށް ނިންމީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.