ޚަބަރު

ނަރުދޫއިން އިތުރު 3 މީހަކު ފައްސިވެ، އެ ރަށުން ފައްސިވި މީހުންގެ އަދަދު 7 އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

ނަރުދޫއިން އިތުރު 3 މީހަކު ފައްސިވެ، އެ ރަށުން ޖުމްލަ ފައްސިވި އަދަދު 7 އަރައިފިއެވެ.

Ads by Sosun Fihaara

"ވަގުތު" ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓުގެ ކައްޕިގެ އަނބިމީހާ އާއި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން، ބޯޓުގެ ވެރިފަރާތުގެ އާއިލާ ދެ މީހެކެވެ. މި ދެ މީހުން ދިރިއުޅެމުން ދަނީވެސް ދެ ގެއެއްގައި ކަން ވަނީ އެނގިފައެވެ.

ނަރުދޫގެ އަމާޒު ބޯޓުގެ ކައްޕި ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އޭނާ މާލެއިން ރަށަށް ދިޔަ ފަހުންނެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އަމާޒު ބޯޓުގެ ކައްޕިގެ ކޭސް އާ ގުޅިގެން މިހާތަނަށް އޭނައާ ސީދާ ދިމާވި، 101 މީހަކު ދެނެގަނެފައިވާ ކަމަށެވެ.

ނަރުދޫގެ އިތުރުން އެ އަތޮޅު މިލަންދޫ މީހަކު ވެސް މިއަދު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއި އެކު މާލެ ފިޔަވާ ކޮވިޑް-19 އަށް މީހުން ފައްސިވި ރަށްތަކުގެ އަދަދު ހަތަރަކަށް އެރީއެވެ. އެއީ ހއ.އުލިގަމު، ކ.ތުލުސްދޫ، ށ.ނަރުދޫ އަދި ށ.މިލަންދޫއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!