ޚަބަރު

ފެނާއި ނަރުދަމާގެ އެކްޝަން ޕްލޭން އިފްތިހާހު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މިއަދު އިފްތިތާހު ކޮށްފިއެވެ.

Ads by STELCO

ގައުމީ، ފެނާއި ނަރުދަމާގެ ޕްލޭން އިފްތިހާހު ކޮށްދެއްވީ މިއަދު އެންވަޔަރމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ.ހުސެއިން ރަޝީދެވެ.

މިއީ 5 އަހަރުގެ މުއްދަތަކަށް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭން ތައްޔާރު ކުރުމުގެ މަގުސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މިދާއިރާ ތަރައްގީކޮށް ކުރިއަރުވައި އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްލޭންގައި ހިމެނެނީ މައިގަނޑު 6 ސިޔާސަތެކެވެ. އެ ސިޔާސަތުތައް ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެންގެ މައްޗަށް ކަށަވަރު ކޮށްދިނުމާއި، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމަށާއި ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށާއި، މި ދާއިރާއަށް މީހުން ހޭލުންތެރިކަން އިތުރު ކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށާއި އަދި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މައްޗަށެވެ.

މިއަދު އިފްތިތާހު ކުރެވިގެންދިޔަ މި ޕްލޭންގެ ދަށުން ތިމާވެއްޓާއި ރައްޓެހި އަގުހެޔޮ ނިޒާމްތަކެއް އުފަންވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

 

Ads by Allied Insurance
  1. ޢައްޔު

    ޙައްހައް