ދުނިޔެ

އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ 80 އާއިލާއެއްގެ ގެދޮރު ހަލާކު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުން ގާތްގަނޑަކަށް 80 ރައްޔިތެއްގެ ގެދޮރު ހަލާކު ކޮށްލައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓުތަކުން ބުނެފައި ވަނީ، ފަލަސްތީނުގެ 18 ޓެންޓެއްގައި ދިރިއުޅެމުން ދިޔަ 11 ވަރަކަށް އާއިލާގެ ބޯހިޔާވަހިކަން އިޒްރޭލުން ބިމާ ހަމަކޮށްފި ކަމަށެވެ.

އިޒްރޭލުން ވަނީ އިއްޔެގެ ވަގުތެއްގައި ބޮޑެތި ބުލްޑޯޒަރު ތަކެއްގައި ގޮސް އެގެތައް ރޫޅާލައިފައެެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ހަލާކު ކޮށްލި ގެތަކުގެ އާއިލާގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

އިޒްރޭލުން ވަނީ އެއްވެސް ރަހުމެއްނެތި 80 ވަރަކަށް އާއިލާ މަގުމަތި ކޮށްލާފައެވެ. އެވަރުން ނުފުދިގެން އިޒްރޭލުން ވަނީ އެމީހުން އެސަރަޙައްދުގައި ވަކިން ހަދާފައިހުރި ފާޚާނާ ތަކާއި ދަނޑުތަކާއި ޖަނަވާރުން ބަލަހައްޓަމުން ދިޔަ ގެތައް ވެސް ބިމާހަމަ ކޮށްލާފައެވެ.

ފަަލަސްތީނުގެ ޚިރްބެތު ޙަމްސާ އަށް ދިން މިހަމަލާއާއި ގުޅިގެން ފަަލަސްތީނުގެ ބޮޑު ވަޒީރު މުޙައްމަދު ޝަތޭ ވަނީ އިޒްރޭލުގެ މިއަނިޔާވެރި ލާއިންސާނީ ޢަމަލުތައް ދިރާސާކޮށް އެމީހުންނާއިމެދު ފިޔަވަޅު އަޅާ ދިނުމަށް އެދި ބައިނަލްއަގުވާނީ ޖަމިއްޔާތަކަށް ގޮވާލާފައެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު ވިދާޅުވީ، އިޒްރޭލުން ދިން މިހަމަލާއަކީ މުޅި ދުނިޔެ އެމެެރިކާގެ އިންތިހާބާއިމެދު ވިސްނަމުން ދިޔަ ދަނޑިވަޅެއްގައި ވަަރަށް ހުޝިޔާރާއި ރޭވުންތެރި ކަމާއެކު ދިން ހަމަލާއެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!