ޚަބަރު

ފައިނު ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީއަށް ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ރޯޔަލް އައިލެންޑްގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ރ.ފައިނު ރައްޔިތުންގެ ފަރާތުން ބައިޓަނު ކަރާ ހަދިޔާކޮށްފިއެވެ.

Ads by STELCO

ފައިން އޮންލައިން އިން ހާމަކޮށްފައިވާ ގޮތުގައި އެރަށުގައި ދަނޑު ބިމަށް 84 ބިން ދޫކޮށްފައިވާއިރު ޖުމްލަކޮށް ހުރިހާ ދަނޑަކުން ވެސް ކަރާ ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ކަރާ ހަދިޔާކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު މީހަކާ ހަވާލާދީ ފައިނު އޮންލައިނުން ބުނީ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނާއި އެތަން ބަލަހައްޓާ މީހުންނަށް ކަރާ ހަދިޔާ ކުރުމުގެ ބޭނުމަކީ ކަރަންޓީނު ފެސިލިޓީތަކުގައި އާއިލާއާއި ދުރުގައި ދުވަސްތައް ހޭދަ ކުރަމުންދާ ފަރާތްތަކަށް ހިތްވަރުދީ ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމުގެ ބުރަ މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ.

ފައިނު ރައްޔިތުންގެ ފަރާތުން ކުރި މިހަދިޔާ ރޯޔަލް އައިލެންޑްގެ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. އެ ފެސިލިޓީގައި މިހާރު 200 އެއްހާ މީހުން ކަރަންޓީނުގައި އެބަތިބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!