ޚަބަރު

މާމެންދޫ އިން ޓެސްޓު ހެދި ދެމީހުން ވެސް ކޮވިޑް އަށް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

ލ. މާމެންދޫ އިން ކޮވިޑް19 އަށް ޝައްކުވެގެން ނެގި ދެ ސާމްޕަލް ވެސް ކޮވިޑް19 އަށް ނައްސިވެފައިވާ ކަން މާމެންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފިއެވެ.

Ads by MWSC

ލ.މާމެންދޫ 2 މީހަކުގެ ކިބައިން ކޮވިޑް19ގެ އަލާމަތްތައް ފެނުމުން ސާމްޕަލް ނަގާ އެމީހުން ދިރިއުޅޭ ގެ ކަރަންޓީނުކޮށްފައިވާ ކަން ހާމަކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

މީގެ އިތުރުން މާމެންދޫގެ 5 ގެއެއްގެ މީހުންވަނީ ރޫމް އައިސޮލޭތުކުރެވިފައެވެ. އަދި އިތުރު އެއްގެ ވަނީ އެޗްޕިއޭ އިން ވަކި ގޮތއް ކަނޑައަޅަން ދެން މޮނިޓަރިން ގެ ހާލަތަށް ގެނެވިފައެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން މާމެންދޫ ކައުންސިލް ހިންގެވުމާއި ހަވާލުވެ ހުންނެވި ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ، އެ ސާމްޕަލް ނަގާފައިވަނީ ބައްޕައަކާއި އޭނާގެ ދަރިފުޅުގެ ގައިންކަމަށެވެ. ހަބީބު ވިދާޅުވީ އެ އެ ކުއްޖާއަކީ މާލޭގައި ކިޔަވަމުން ދާ ކުއްޖެއްކަމަށާއި، ރަށަށް ދިޔައީ މި މަހުގެ 6 ވަނަ ދުވަހުގައި ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ ރޯގާ ރަނގަޅު ނުވެ ހުން އައިސް ކަރަށް ތަދުވާތީ ރިޕޯޓްކުރުމުން ޑަކްޓަރުންގެ ލަފާގެ މަތިން ސާމްޕަލް ނެގީ ކަމަށެވެ.

މިއީ މާމެންދޫއިން ކޮވިޑް ސާމްޕަލެއް ނެގި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖެއިން ކޮވިޑް19 ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 269 އަށް އަރާފައެވެ. އަދި މިއަދު އެކަނިވެސް ރާއްޖެއިން މިހާރު މިވަނީ 19 މީހަކު ފައްސި ވެފައެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 1117 ދިވެއްސަކާއި، 152 ބިދޭސީންނެވެ. މީގެތެރެއިން 17 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!