ދުނިޔެ

ކޮވިޑް19: ބަލިމަޑުކަމުގެ ހާލަތު ގޯސްވެ, އިނގިރޭސިވިލާތް އަނެއްކާ ވެސް ލޮކްޑައުން ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑ19ް ބަލީގެ ހާލަތު ގޯސްވެ އިނގިރޭސިވިލާތް މިއަދުން ފެށިގެން އެއްމަސް ދުވަހަށް ލޮކްޑައުން ކޮށްފިއެވެ.

Ads by WAMCO

އިނގިރޭސިވިލާތް އަލުން ލޮކްޑައުން ކޮށްފައި ވަނީ އެގައުމުގައި ކޮވިޑް ބަލި ޖެހޭ މީހުން އިތުރުވެ ހާލަތު ގޯސް ވުމުގެ ބިރު އުފެދުމާ ގުޅިގެންނެވެ.

ލޮކްޑައުންގެ މި ހާލަތު އިއުލާނު ކުރި ނަމަވެސް އަސާސީ ތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އަދި މި ހާލަތުގައި ގެއިން ބޭރަށް ނުކުމެވޭނީ އެކަމަށް ކަނޑައެޅިފައިވާ ހުއްދައާއެކު ކިޔެވުމަށް، ވަޒީފާއަށް، ކަސްރަތުކުރަން ނުވަތަ އަސާސީ ތަކެތި ގަތުމަށް ބާޒާރު ކުރުމަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް ބަލީގައި 48،000 މީހުން ވަނީ މަރުވެފައެވެ. އަދި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު އެގައުމުގައި މިލިއަނަކަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!