ޚަބަރު

މައިންބަފައިންނަށް އިހުތިރާމް ކުރާށެވެ. އެމީހުންނަށް އަޑުލާ ނުހަދާށެވެ.

ރައުފާ ރަޝީދު ، ދެން އޮންލައިން

އަހަރެމެންގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ރެއާ ދުވާލު ދާ އޮހޮރުވައިގެން ބުރަ މަސައްކަތް ކުރާ މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެހި ބުނެވޭ ހެއްޔެވެ؟ މިއީ ތިމާގެ އަމިއްލަ ނަފްސާ ކޮށްލަން ޖެހޭ ވަރަށް ރަނގަޅު ސުވާލެކެވެ. މި ކަަންތައް މިހެން ކުރެވޭ ނަމަ އަވަހަށް ހުއްޓާލާށެވެ.

Ads by STELCO

އެންމެ ކުޑައިރުއްސުރެ ބޭނުންވާ ހުރިހާ އެއްޗެއްް ހޯދައިދީ، ބޭނުންްވާ ހުރިހާ ކަމެއް ކޮށްދިނީ ހަމަ މައިންބަފައިންނެވެ. ހެވާ ނުބައި ކިޔައިދީ ގޯސް ކަމެއްް ކުރެވޭ ނަމަ ނަސޭހަތް ދެނީ ހަމަ މައިންބަފައިންނެވެ. އެންމެ މޮޅު ކުއްޖަކަށް ހެދޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއެވެ. އަނިޔާއެއް ވެއްޖެނަމަ އެކަމާ އެންމެ ހިތާމަ ކުރާނެ ބަޔަކީ އެއީއެވެ. ކިތަންމެ ދުރުގައި ހުއްޓަސް އަބަދުވެސް ގުޅާ އެންމެ ހެޔޮ އެދޭ ފަރާތަކީ  އެއީއެެވެ.

މި ކަންތައް މިހެން ހުރި އިރު ގިނަ ފަހަރު ރުޅި އައިސްގެން ނުވަތަ ހިންހަމަ ނުޖެހިގެން މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެހި ބުނެވޭ ފަހަރު އާދެއެވެ. އަހަރެމެން ގޯސްކޮށް ކަމެއް ކުރާ ހިނދު އެކަން އެހެން ނުކުރުމަށް ނަސޭހަތްތެރި ވިޔަސް ގިނަ ފަހަރު ރުޅި އައިސް މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެހި ބުނެވެއެވެ.

އަހަރެމެންނަށް އެއްވެސް ދެރައެއް ލިބޭކަށް އެމީހުން ނޭދޭނެއެވެ. ހަމަ އެފަދައިން މައިންބަފައިންނަށް ދެރައެއް ލިބޭކަށް އަހަރެމެން ވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބާރަށް އެއްޗިހި ބުނުމަކީ ވެސް އެމީހުންނަށް ދެވޭ ދެރައެކެވެ.

އެގޮތުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބޮޑެތި ފާފަޔަށްހުރި ކައްފާރާއެކެވެ. މިހެން މިކަން އޮތްއިރު އެންމެންވެސް އަޒުމް ކަނޑައަޅަންވީ، ކިތަންމެ ހިތްހަމަ ނުޖެހުނަސް، ކިތަންމެ ރުޅި އަޔަސް މައިންބަފައިން ކުރިމަތީގައި ބާރަށް އަޑުލައި ނުހެދުމަށެވެ. ވީ އެންމެ ރަނގަޅަކަށް އަޅާލާ އޯގާތެރިވާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!