ދުނިޔެ

އެމެރިކާގެ 46 ވަނަ ރައީސްއަކަށް ޖޯ ބައިޑަން ، މަރުހަބާ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ މިހާރުގެ ރައީސް، ރިޕަބްލިކަން ކެނޑިޑޭޓް ޑޮނާލްޑް ޓްރަމްޕް ބަލި ކުރުމަށް ފަހު، އެގައުމުގެ 46 ވަނަ ރައީސަކަށް ޑިމޮކްރެޓް ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިހާބު ވެވަޑައިގެންފިއެވެ.

Ads by Sosun Fihaara

ޖޯ ބައިޑަށް އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، އެމެރިކާގެ ނައިބު ރައީސެއްގެ ގޮތުގައި ކަމަލާ ހެރިސް ވަނީ ބައިޑަންއާއެކު އިންތިޚާބުވެ ވަޑައިގެންފައެވެ.

ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވިކަން ސީއެންއެން އިންވަނީ ކަށަވަރު ކޮށްދީފައެވެ. ސީއެންއެންގެ ޕްރޮޖެކްޝަންތަކުން ދައްކާގޮތުގައި ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ޖުމްލަ 273 އިލްޓޯރަލް ވޯޓް ހޯއްދަވައިގެންނެވެ.

މިދިއަ އަންގާރަދުވަހު އޮތް ރިޔާސީ އިންތިހާބު ބައިޑަން ކާމިޔާބު ކުރައްވާފައިވާއިރު، ބައެއް ސްޓޭޓްތަކުގައި އަދިވެސް ވޯޓް ގުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ބައިޑަންގެ ސިޔާސީ ހަޔާތަށް ބަލާލާއިރު، ބައިޑަންއަކީ އެމެރިކާގެ ތާރީޚްގައި ވެސް 5 ވަނައަށް އެންމެ ހަގު އުމުރުފުޅުގައި ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ބޭފުޅާއެވެ. މިގޮތުން، 1972 ވަނަ އަހަރު، އެމަނިކުފާނުގެ އުފަން ސްޓޭޓް ކަމަށްވާ ޑެލުވެޔަރގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވާ 2009 ވަނަ އަހަރާ ހަމައަށް އެ ސްޓޭޓްގެ ސެނެޓްގެ މަޤާމް ފުރުއްވިއެވެ. ރައީސް ޖޯ ބައިޑަން ވެގެން ގޮސްފައި ވަނީ ޑެލުވެޔަރ ސްޓޭޓްގައި އެންމެ ގިނަ ދުވަހު ސެނެޓަރ ކަމުގެ މަޤާމް ފުރުއްވި ބޭފުޅާގެ ގޮތުގައެވެ. އަދި އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން 2 ދައުރު، ބަރަކް އޮބާމާގެ ރިޔާސަތުގައި އެމަނިކުފާނު ވަނީ ނައިބު ރައީސްކަން ކުރައްވާފައެވެ.

    Ads by Ooredoo

    މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!