ޚަބަރު

ރަޝިއާގައި ތިބި 11 ދިވެއްސެއް ރާއްޖެ ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

ރަޝިއާގައި ތިބި 11 ދިވެއްސެއް ރާއްޖެ ގެނެސްފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރަޝިއާ އިން މިއަދު 11 ދިވެއްސަކު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި، ރަޖިސްޓަރ ވެގެން އެގައުމުގައި 82 ދިވެއްސަކު އެބަތިބި ކަމަށެވެ.

"މި ފްލައިޓު އޮތްކަން ހުރިހާ ފަރާތްތަކަކަށް ވެސް އެންގި. މި 11 ފަރާތް އަންނަން ބޭނުވެގެން ރިޕޯޓު ކުރުމުން، މި 11 ފަރާތް ރާއްޖެ އާދެވިފައި މިވަނީ. އެ ފަރާތްތަކުން ރާއްޖެ އައިސްފައިވަނީ އަމިއްލަ އަށް ޓިކެޓު ނަގައިގެން" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އިން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީގައި ތިބެން ޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ވެސް ކުރާނެއެވެ.

މީގެކުރިން ވަނީ މެލޭޝިއާ އާއި ސްރީލަންކާ އަދި އިންޑިއާ އިން ވެސް ދިވެހިންތަކެއް އެނބުރި ރާއްޖެ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!