ޚަބަރު

ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ބަޔަކު ފައްސިވެ، މަސައްކަތް ހުއްޓިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ގާއިމް ކުރާ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ބަޔަކު ފައްސިވެ، މަސައްކަތް ހުއްޓިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން ވޯކްޝޮޕުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު އެދެތަން ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ސިފައިންގެ ތެރެއިން ފައްސިވެފައިވަނީ ކަޅުތުއްކަލާ ކޮށިން ސިފައިންގެ ހަތަރު މީހަކާއި، ހުޅުމާލޭގައި ތަރައްޤީކުރާ ކޯވިޑް ވިލެޖުގައި މަސައްކަތް ކުރަމުންދިޔަ ސިފައިންގެ 2 މީހަކާއި އެމްއެންޑީއެފްގެ އިލެކްޓްރިކް މެކޭނިކަލް ވޯކްޝޮޕްގައި މަސައްކަތްކުރަމުންދާ ސިފައިންގެ 14 މީހެއްކަމަށެވެ.

މިއާއެކު މިހާތަނަށް ސިފައިންގެ 20 މީހުން ވަނީ ކޮވިޑް19އަށް ފައްސިވެފައެވެ.

ކޮވިޑް ވިލެޖަކީ ގިނަ އަދަދެއްގެ ފެނަކަ މުވައްޒަފުންނާއި ސިފައިން ވެސް މަސައްކަތް ކުރަމުން އަންނަ ތަނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!