ލައިފްސްޓައިލް

އަންހެން ދަރިއަކު ލިބޭތޯ ކުރި މަސައްކަތް ކާމިޔާބުވީ 14 ފިރިހެން ދަރީން ލިބުނު ފަހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާ:މިޗިގަންގެ ދެމަފިރިއަކަށް 14 ފިރިހެން ކުދިން ލިބުމަށްފަހު އެންމެ ފަހުން ބަލިވެއިން 15 ވަނަ ފަހަރު އަންހެން ކުއްޖަކު ލިބިއްޖެއެވެ.

Ads by STELCO

ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި އެދެމަފިރިންނަށް އެހާ ގިނަ ދަރިން ލިބުނީ، އަންހެން ކުއްޖަކު ލިބޭތޯ ކުރަމުން ދިޔަ މަސައްކަތުންނެވެ.

ކޭޓްރީ ޝްވަންދް (45އ.) އަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނަގެ ފިރިމީހާ ޖޭ ޝްވަންދް އާއި ދެމަފިރިންގެ ވެސް މިއީ ފުރަތަމަ އަންހެން ދަރިފުޅެވެ. އެދެމަފިރިން އެއަންހެން ކުއްޖާއަށް ކިޔަން ގަސްދުކުރީ މެގީ ޖޭން އެވެ.

ކޭޓްރީ އާއި ޖޭ ކައިވެނި ކުރީ ދެމީހުންނަށް ވެސް 18 އަހަރު ފުރުނު އަހަރުގައި ކަމަށާއި އެއިރު ވެސް އެމީހުން އެންމެ ބޭނުންވީ އަންހެން ކުއްޖެއް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެދެމަފިރިންނަށް ލިބުނު 14 ފިރިހެން ދަރިންނާމެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި އެމީހުންގެ ފިރިހެން ދަރިން ވެސް އަންހެން ކޮއްކޮއެއް ބޭނުންވި ކަމަށް ކޭޓްރީ ބުނެފައިވެއެވެ.

"މެގީ ލިބުމުން އަހަރުމެން އެންމެން ވެސް ވަރަށް އުފާވޭ. މިއަހަރު ވެފައި މިވަނީ ވަރަށް ވެސް އުފާވެރި އަދި އެހާމެ ގިނަ ހަނދާންތަކެއް އެކުލެވޭ އަހަރަކަށް." އިންޓަވިއު އެއް ދެމުން ޖޭ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!