ލައިފްސްޓައިލް

ބަރުދަން ލުއިކޮށްލަން ބޭނުންތަ؟ މި ކަންތައްތައް ކޮށްލާ

ބަރުދަން މާ ބޮޑަށް އިތުރު ވާނަމަ އެއީ ސިއްޙަތަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ދުޅަހެޔޮ ސިއްޙަތެއްގައި  ދެމިހުރުމަށް ޓަކައި ކުރެވޭނެ ބައިވަރު ކަންތައްތައް އެބަ ހުއްޓެވެ.

އެންމެ ފުރަތަމަ ކަމަކީ ސިއްޙަތަށް ފައިދާ ހުރި ކާނާ ކެއުމެވެ. ގިނައިން މޭވާއާއި ތަރުކާރީ ކާން އާދަ ކުރާށެވެ. ދުވާލަކު އެއް އާފަލު ކާ މީހަކު ޑޮކްޓަރަށް ދާކަށް ނުޖެހޭނެއޭ ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އާފަލަކީ ސިއްޙަތަށް އެންމެ ފައިދާހުރި އެއް މޭވާއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އާފަލެއް ކެވޭތޯ ބަލާށެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ކާއެއްޗެހި ނޯޓްކޮށް ތާވަލެއް ހަދައި އެއަށް އަމަލު ކުރާށެވެ. ބޭރުގެ  ސައިންސްވެރިން ބުނާ ގޮތުން މިހެން ކަންތައް ކުރުމުން ކޮންމެ ދުވަހަކުވެސް ކެވޭ އެއްޗެހި ދެނެގަނެވި ކެއުން  ކޮންޓްރޯލް ކުރަން ފަސޭހަވެގެން ދާނެ އެވެ.

ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޯން ވާނެއެވެ. އެންމެ މުހިންމު ކަމަކަށް ތެޔޮ ހުންނަ އެއްޗެހި ކެއުން ހުއްޓާލާށެވެ.

ހިކި ކާނާއަކީ އެންމެ އަވަހަށް ބަރުދަން އިތުރުކޮށްދޭ އެއްޗެވެ.ޚާއްސަކޮށް ޗޮކްލެޓް، އެކި ވައްތަރުގެ ކޭކު، ޗީޒް ފަދަ ބާވަތްތައް ކެއުން މަދުކޮށްލާށެވެ.

ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރަން ވަގުތުކޮޅެއް ހުސްކޮށް ކަސްރަތު ކޮށްލަންވާނެއެވެ. އަދި ހުއްޓާނުލައި ކޮންމެ ދުވަހަކުވެސް މިކަން ކޮށްލެވޭތޯ ބަލާށެވެ. ކަސްރަތު ހުއްޓާލުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ކުރިން ހުރި ގޮތަށް އަނބުރާ އިއާދަ ކުރެވިދާނެ ފަދަ ބަދަލު ތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!