ދުނިޔެ

އެމެރިކާ މުސްލިމުންގެ 69 އިންސައްތަ ވޯޓު ބެއިޑަން އަށް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލީ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ދިނީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް، ކެޔާއިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ އިންތިހާބުގައި އެއް މިލިއަނަށްވުރެ ގިނަ މުސްލިމުން ވޯޓުލާފައިވާ ކަމަށާއި މިއީ މުސްލިމުން ވޯޓުލާ ގޭބިސީތަކުގެ ގޮތުގައި ދަފްތަރު ކޮށްފައިވާ 844 ގޭބިސީގައި ދިރިއުޅޭ މީހުންގެ ތެރެއިން 84 އިންސައްތަ މީހުން ކަމަށެވެ.

އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ވޯޓު ލީއިރު، އޭގެ ތެރެއިން 69 އިންސައްތަ މީހުން ވޯޓު ލާފައި ވަނީ ޖޯ ބައިޑަންއަށެވެ. ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ މިޝިގަން ސްޓޭޓް ކާމިޔާބު ކޮށްފައި ވަނީ ވެސް ޖޯއެވެ.

2016 ވަނަ އަހަރާ ބަލާއިރު އިތުރު ދައުރަކަށް ކުރިމަތިލެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ވޯޓުލީ މުސްލިމުންގެ އަދަދު ގިނަ ކަން ފާހަގަ ކޮށްލެވެއެވެ. 2016 ވަނަ އަހަރުގެ އިންތިހާބުގައި ޓްރަމްޕަށް މުސްލިމުންގެ 13 އިންސައްތަ ވޯޓު ލިބިލެއްވިއިރު، މިއަހަރު އެ އަދަދު ވަނީ 17 އިންސައްތަ އަށް އިތުރުވެފައެވެ.

ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ މުސްލިމުންނަށް ވަރަށް އިހާނެތި ބަސްތައް ރައްދު ކުރައްވައިފައެވެ. ވެރިކަމަށް ވަޑައިގެންފި ނަމަ އެމެރިކާ އަށް މުސްލިމުން ވަނުން މަނާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!