ރާބުއިން ކުށެއްގެ ގޮތުގައި ބަލައިނުގަނެ، އިސްލާމީ ބައެއް އަދަބުތައް އުވާލަން ޔޫއޭއީން ނިންމައިފި
އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ) އިން އިސްލާމްދީނުގެ ބައެއް ހުކުމްތަކާއި އަދަބުތަކަށް އަމަލު ނުކުރަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.
ހޮނިހިރު ދުވަހު އިއުލާނު ކުރި ބައެއް ކަންކަމުގެ ތެރޭގައި ކައިވެނި ނުކޮށް އުޅޭ އަންހެނުންނާއި ފިރިހެނުން އެކީގައި ދިރިއުޅުމުގެ ހުއްދަ ދިނުމާއި، ރާބުއިން ފަދަ ކަންކަން ހިމެނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުން މި ބަދަލުތައް ގެނައުމަށް ނިންމާފައި ވަނީ ހުޅަނގުގެ ފަތުރުވެރިންނާއި ވިޔަފާވެރިންނަށް އެގައުމަކީ އަމާންތަނަކަށް ހަދައިދޭން ބޭނުންވާތީ އެމަގުސަދުގައެވެ. މީގެ ކުރިން ޔޫއޭއީން އަމަލު ކުރަމުން އައި ބައެއް އިސްލާމީ ޝަރީއަތްތަކާއި ހިލާފުވެ ބައެއް ހުޅަނގުގެ ފަތުރުވެރިންނާ ދެކޮޅަށް ކޯޓުގައި ދައުވާކޮށް ޖަލަށް ލާފައި ވެސް ވެއެވެ.
އަދި މި ނިންމުމުގެ ސަބަބުން އެގައުމަށް އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމުގައި ވެސް އެގައުމުގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ،
ޔޫއޭއީން މި ނިންމުން ނިންމާފައިވާއިރު އެގައުމުން ވަނީ ދާދި ފަހުން އިޒްރާއީލުން އެގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުކުރުމަށް އެމެރިކާއާއެކު އެއްބަސްވުމަށް ވެސް އައިސްފައެވެ. މި އެއްބަސްވުމާއެކު އެގައުމަށް އިޒްރާއީލުގެ ގިނަ އަދަދެއްގެ ފަތުރުވެރިންގެ އިތުރުން އިންވެސްޓަރުން ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ﷲ ގެ ނިންމެވުން ބަދަލު ކުރެވޭނެ ބާ ތިޔަ ނިންމެއްގެ ސަބަބުން ދެން ތިޔަ ގައުމަށް ވާނީ ކިހިނެއްތޯ
ހަލާކް ކުރައްވާށި
ހަލާކުރައްވާށި