ވިޔަފާރި

އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދެނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސެންސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Hajj Corporation

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ  ސަރުކާރަށް އިތުރު ޢާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޢާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު ޢާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އަދި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުން ހިމެނޭ ކަމަށެވެ.

މި ބަދަލާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އަމީރު އިތުރަށް ވިދާޅުވީ ޓެލެކޮމް ހިދުމަތްދޭން އަންނަ އަހަރުގެ ކުރީކޮޅު އާ ކުންފުންޏަށް ލައިސަންސް ދޭން ޓެންޑަރަށް ހުޅުވާލާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެނީ، ދިރާގާއި އުރީދޫ އެވެ. އަދި އާރުއޯއެލްއިން އިންޓަނެޓުގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!