ޚަބަރު

ކައުންސިލް އިންތިހާބަށް 49 މިލިއަން ރުފިޔާގެ ބަޖެޓެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަނުން ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް 49 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފިއެވެ.

Ads by MWSC

މި ބަޖެޓު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. މި ބަޖެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

މި އަހަރު ބާއްވަން ހަމަޖައްސާފައިވާ އިންތިހާބު ކޮވިޑް-19އާ ގުޅިގެން އަންނަ އަހަރުގެ މާޗް މަހަށް ވަނީ ލަސްކޮށްފައެވެ. މިއީ، އެންމެ ފުރަތަމަ މި އަހަރުގެ އޭޕްރީލްގައި ބާއްވަން އުޅުނު އިންތިހާބަށް ކަނޑައެޅި ބަޖެޓުން 31.5 މިލިއަންގެ އިތުރު ވުމެކެވެ.

އެގޮތުން އަންނަ އަހަރަށް މި އިންތިހާބު ފަސް ކޮށްފައިވާއިރު މަގާމުތަކަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ބައެއް މީހުން ވަނީ ނަން ނަގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ވަނީ ދަންމާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!