އެމެރިކާގައި ކޮވިޑް ޖެހޭ މީހުން އިތުރުވެ ބަލީގައި މަރުވާ މީހުން ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި
އެމެރިކާ އިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް ގިނަވެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ހޮސްޕިޓަލްތަކުގެ އޮފިޝަލުން އަނެއްކާ ވެސް ދޭން ފަށައިފިއެވެ.
ކޮވިޑް-19 އަށް އެމެރިކާއިން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ ދުވަސްތަކެއް ވެފައި ވާއިރު މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވަނީ އިންތިހާޔަށް ގިނަވެފައެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ އެކި ސަރަހައްދުތަކުން 65368 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެގެން އިތުރު ފަރުވާއަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. މިއީ މިހާތަނަށް އައި އިރު އެއްދުވަސް ތެރޭގައި އެމެރިކާއިން ފައްސިވި މީހުން އެންމެ ގިނަ ފަހަރެވެ.
އެމެރިކާ އިން ބުނާ ގޮތުގައި އެމެރިކާގެ ހާލަތު ދެން ރަނގަޅު ކުރެވެން އޮތީ ކޮވިޑް-19 އަށް ވެކްސިނެއް ލިބިގެންނެވެ.
ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ވެކްސިނެއް ލިބި އެމެރިކާގެ ހާލަތު ރަނގަޅު ވުމުގެ އުއްމީދެއް އޮތީ އަންނަ އަހަރުގެ ޖަނަވަރީގެ ފަހުންނެވެ.