ދުނިޔެ

ކޮވިޑް-19 ޖެހިފައިވާ އާއިލާއަކުން ދެނަރުހަކަށް ހަމަލާދީ، އެކަކު ކޯމާގައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ވޮޝިންގްޓަން ގައި މަސައްކަތް ކުރާ ނައިޖީރިއާ އަށް ނިސްބަތްވާ ދެ ނަރުހަކަށް، ކޮވިޑް ޖެހިފައިވާ އާއިލާއަކުން ހަމަލާ ދީ ޒަޚަމު ކޮށްލައިފައެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބޭ ގޮތުގައި، ހަމަލާ އަމާޒުވެފައިވާ ދެނަރުހުންގެ ތެރެއިން އެކެއްގެ ބޮލުގެ އިސްތަށިގަނޑާއެކު ތަލަ ޒަހަމް ވެފައިވާއިރު، ދެވަނަ މީހާ ވަނީ ހާލު ސީރިއަސްވެ ކޯމާއެއްގައެވެ.

މީގެ އިތުރުން މި ދެ ނަރުހަށް ވެސް ހަމަލާ އަމާޒުވީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުދީގެން ކަމަށް ބުނެ އެކަމާ ހިތްހަމަ ނުޖެހިގެން ކަމުގައި ވެސް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ. އަދި މި މައްސަލަ މިހާރު އެމެރިކާގެ ފުލުހުން ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ ކަމުގައި ވެސް މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

ހަމައެއާއެކު އެގައުމުގައި ފުރަބަންދު އިއުލާނު ކުރުމާ ގުޅިގެން އާންމުން އެކަމާ ހިތްހަމަ ނުޖެހި، ހަޅުތާލުކުރުން ކުރިއަށް ގެންގޮސްފައިވާއިރު، ކޮވިޑަށް ޓެސްޓު ކުރަން އެގައުމުގައި ތައްޔާރު ކުރެވިފައިވާ ފެސިލިޓީތަކުގައި ވަނީ އަލިފާން ވެސް ރޯކޮށްލައިފައެވެ.

އެމެރިކާގައި މަސައްކަތް ކުރާ ދެ ނަރުހަކަށް، ކޮވިޑް ޖެހިފައިވާ އާއިލާއަކުން ހަމަލާ އަމާޒުވެ ހާލު ސީރިއަސް ވެފައިވާއިރު، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެކި ގައުމުތަކުގައި މަސައްކަތް ކުރާ އެކި ނަރުހުންނަށް ވެސް މިކަހަލަ އެކި ކަންތައްތަކާ އަންނަނީ ކުރިމަތި ލަމުންނެވެ.

އެގޮތުން ޖަޕާން، ޕެރިސް އަދި ނިއުޔޯކް ފާހަގަ ކޮށްލެވޭ ކަމުގައި ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!