ޚަބަރު

ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނޮވެމްބަރު 17 ވަނަ ދުވަހު ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް، ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

Ads by MWSC

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ނޮވެމްބަރު 16 ވަނަ ދުވަހު ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ވަނީ ނިންމާފައެވެ. އަދި ޓެސްޓް ފްލައިޓަށް ފަހު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާނެ ދުވަހެއް ނިންމާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީީސީ އިންނެވެ. އެ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

މީގެ އިތުރުން ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ވެސް ވަނީ ޤާއިމް ކޮށްފައެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

އަދި މި އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!