ޚަބަރު

ހުއްދަނެތި ލ. މާމެންދޫއިން ކުނަހަންދޫއަށް ދިޔަ 3 މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހުއްދަނެތި ލ. މާމެންދޫއިން އެ އަތޮޅު ކުނަހަންދޫއަށް ދިޔަ 3 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ ރޭ ދަންވަރު 01:16 ހާއިރު މާމެންދޫއިން ކުނަހަންދޫއަށް ސިއްރުން އަރައިގެން ރަށު ތެރޭގައި އުޅެނިކޮށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ތިން މީހުން އެރަށަށް ދިޔައީ ކަނދުފައްޗެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރާއި 38 އަހަރާއި 29 އަހަރުގެ ތިން ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!