ޚަބަރު

ބިލު ނުދެއްކުނު ނަމަވެސް ހިދުމަތް މެދުކަނޑާ ނުލައްވާ: ފައްޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ފޯނު އަދި އިންޓަނެޓު ބިލު ނުދެއްކުނު ނަމަވެސް ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް އިލްތިމާސް ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޓްވީޓާގައި މީހަކު ވަނީ ކޮވިޑް19 ގެ މިހާލަތުގައި އެތައް ބައެއްގެ ވަޒީފާތައް ގެއްލި އެތައް ބައެއްގެ މުސާރަތައް ކުޑަ ކޮށްފައިވާއިރު ފޯނު އަދި އިންޓަނެޓު ބިލު ނުދެއްކިގެން އޭގެ ހިދުމަތްތައް މެދުކަނޑާލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އެކަމަށް މިނިސްޓަރު ފައްޔާޒު ވަނީ އެމީހާއާ އެއްބަސްވެފައެވެ. ވިދާޅުވީ އޭނާގެ ވާހަކައަކީ ތެދު ވާހަކައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވަނީ ކޮވިޑް19 ގެ ދަތި މި އުނދަގޫ ދަނޑިވަޅުގައި ވެސް މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި މި ހާލަތުގައި ފޯނު އަދި އިންޓަނެޓު ބިލުތަކަށް ފައިސާ ނުދެއްކުނު ނަމަވެސް ހިދުމަތް މެދުކަނޑާ ނުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށް ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެއާއި އެކު ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ވަނީ އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައެވެ. އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ހާލަތުވެސް އުޅެނީ އެއް ހާލެއްގައެވެ. ކޮވިޑް19 އާއި ގުޅިގެން އެތައް ވިޔަފާރިތަކެއް ބޮއްސުން ލާފައިވާއިރު އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް ވަޒީފާ ގެއްލިގެންނާއި ނޯޕޭ ލީވް ދިނުމާއި މުސާރަތައް ކުޑަ ކޮށްގެން 1300 މީހަކު ވަނީ ޝަކުވާ ހުށަހަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!