ޚަބަރު

ކޮރަޕްޝަން މަދު ކުރުމަށް ފިނޭންސް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އާ ގުޅިގެން ކުރާ މަސައްކަތުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކޮށް، ވީހާވެސް ދެފުށް ފެންނަގޮތަށް މަސައްކަތް ބައްޓަންކުރާނެ ގޮތުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން ނެރެފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ނިންމާ ނިންމުތަކާ ގުޅޭ ތަފްސީލު ލިޔެކިޔުމުން ފެންނަން ހުންނަންވާނެ ކަމަށާއި ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީއަށް ރިޕޯޓު ކުރަމުންދާކަން އިދާރާތަކުގެ ފައިނޭންސް އެގްޒެކެޓިވުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އިމަޖަންސީކޮށް އެއްވެސް އެއްޗެއް ބަލައިގަންނައިރު ނުވަތަ އެއްވެސް އެއްބަސްވުމެއް އިމަޖަންސީ ހާލަތެއްގައި ހަދަން ޖެހޭއިރު އެކަންކަން ކުރާނީ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފިނޭންސް އިން ބުނެފައިވެއެވެ. ކާރިސާގެ ހާލަތުގައި ތަކެއްޗާއި ހިދުމަތް ހޯދަނީ މި ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައި ކަން ކަށަވަރު ކުރުމަށްވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ. އަދި މިފަދަ ހާލަތެއްގައި ދައުލަތަށް ހިދުމަތާއި ތަކެތި ހޯދަނީ އާންމުންގެ ފުރާނައާއި ރައްކާތެރިކަން ޔަގީން ކުރުމަށްކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތްތައް ކުރާއިރު އެ މަސައްކަތުގައި ޒިންމާވާ ފަރާތްތައް ވެސް ކަނޑައަޅަން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. ތަކެތި ހޯދާއިރު ވަގުތުތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ނުހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!