ޚަބަރު

އާދަމް ޝަރީފް ގެ ރައްދެއް ނަޝީދަށް: ގާނޫނުގައި ބުނަނީ ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވަދީވްގެ ވެރިކަން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް،ރައްދު ދެއްވައިފިއެވެ.

Ads by MWSC

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑިވައިޑް އެންޑް ރޫލް" އަކީ އިނގިރޭސިން ދުނިޔޭގެ ކަންކޮޅުތަކުގައި އަތްގަދަ ކޮށްގެން އުޅުނު ދުވަސްވަރު ގެންގުޅުނު ފިކުރެއް ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ބުނަނީ ރާއްޖޭގައި އޮންނާނީ ޔުނިޓަރީ ދައުލަތެއް ކަމަށް ކަން ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

"އައްޑޫ ބަގާވާތުން މިސާލު ނެންގެވި ފަދައިން ފެބްރުއަރީ 7 އިން މިސާލު ނަންގަވާނެ ދުވަހެއް ވެސް އަތުވެދާނެތޯ؟" ރައީސް ނަޝީދު ޓެގް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދާ ސުވާލު ކުރެއްވިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމެއްގެ ނިޒާމު، ޖުމްހޫރީ ވެރިކަމެއްގެ ނިޒާމަށް ބަދަލުވެގެން އަންނަނީ ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުމުން ކަމަށެވެ.

ނަމަވެސް އެފަދަ ވެރިކަމެއް ތާރީޚުގެ ތެރެއިން 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ފެށުނުކަމަށް ދަންނަވަން އެމަނިކުފާނަށް ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ 9 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމަކީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށާއި އެއީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށެވެެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން ގިނަ ސިޔާސީ ބޭފުޅުން އަންނަނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

  1. ައައްޕި

    ހަހަ… މީ ބުރާންޗެއްތަ؟ މީނަޔަށް ނޭނގޭ އެދެއްކީ މިވެރިކަމުގެ ވާހަކަ ނޫންކަމެއް.