ދީން

އެންމެ ސަޖިދަ އަކުން ހިތަށް ލިބޭ އަރާމު، އެތައް އަހަރެއް ވަންދެން ކުޅުނު މިއުޒިކާއި ނުބައްދަލު : އިޝާން

ދެން އެމްވީ ، ދެން އޮންލައިން

ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު ކަމަށް ބުނެ މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރި މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައި މިއުޒިކާއި ދުރަށް ގޮސްފިއެވެ.

Ads by MWSC

އިޝާން ވަނީ މިކަން އޭނާގެ ފޭސްބުކުގައި ޖެހި ޕޯސްޓަކުން ހާމަކޮށްފައެވެ.

އިޝާން ބުނެފައިވާ ގޮތުން މިއުޒިކް ކުޅެ އަޑުއެހުމަކީ ﷲ އާއި ތިބާއާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެކެވެ. އަދި ޝައިޠާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސް ކޮންޓްރޯލް ކޮށްލާ ކަމެއް ވެސް އިޝާން ބުނެފައިވެއެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު " އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިއުޒިކް ކުޅެގެން އެންމެ ރެއަކުން ލިބުނު ވަރު މިހާރު ލިބެނީ މަހަކުން ކަމަށް ބުނެ އިޝާން ވަނީ ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮތް ކަމެއްކަން މިއަދު އިހްސާސް ކުރެވޭ ކަމަށް ވެސް ބުނެފައެވެ.

"އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން." އިޝާންގެ ޕޯސްޓް ނިންމާލަމުން ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!