ޚަބަރު

މޫސުން ގޯސްވުމާ ގުޅިގެން ނ އަތޮޅު ބައެއް ރަށްތަކުގެ މޯބައިލްގެ ހިދުމަތަށް ބުރޫ އަރައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ނ.އަތޮޅު ބައެއް ރަށްތަކުގެ އުރީދޫ މޯބައިލް ނެޓްވޯކްގެ ހިދުމަތަށް ބުރޫ އަރައިފިއެވެ.

Ads by STELCO

އުރީދޫ މޯލްޑިވްސް އިން “ދެން” އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލު ނޫރާ ވިދާޅުވީ ނޫނު އަތޮޅުގެ ރަށަކަށް ހޮނު އެޅުމުގެ ސަބަބުން އެ އަތޮޅުގެ ބައެއް ރަށްރަށުގައި އުރީދޫ މޯބައިލް ނެޓްވޯކްގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށެވެ.

އަދި މިމައްސަލަ ހައްލުކުުރުމަށް އުރީދޫގެ ޓެކްނިކަލް ޓީމެއް މިހާރު އެ އަތޮޅަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މައްސަަލަ ދިމާވެފައިވަނީ ކޮން ރަށްތަކެއްގައި ކަން ޔަގީން ނުވާ ކަމުގައި ނޫރާ ބުންޏެވެ.

ނަން ހާމަ ނުކުރުމަށް އެދި ނ. މާފަރުން “ދެން” އާ ވާހަަކަ ދެއްކި އާންމު ރައްޔިތަކު ބުނީ މިއަދު މެންދުރު ފަހު ތިނެއްގެ ފަހުން އޫރީދޫ ނެޓްވޯކްގެ ރޭންޖު އެރަށަށް ލިބިފައެއް ނުވާ ކަމަށެވެ. އަދި އެ ކަމަކީ ރަށުގެ ހިސާބަކަށް ހޮނު އަޅައިގެން ދިމާވި ކަމެއް ކަމުގައި ބެލެވޭ ކަމަށް ވެސް ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ، ރާއްޖޭގެ އެކި ކަންކޮޅުތަަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!