މިސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ރައީސް ޔަމީން ކުށްވެރި ކުރެއްވި: ޑރ. ޖަމީލް

މިސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރި ކުރެއްވި ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ވިދާޅުވީ މިއަދު ރައީސް ޔާމީން އާއި ބައްދަލުވުމުން، މިސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމާއި، ޕްރައިވެޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އަދި ކޮސްމެޓިކް ބަޖެޓު ކުށްވެރި ކުރެއްވި ކަމަށެވެ.
"ޕީޕީއެމް ފޯކަސް ކުރަންވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން. ދެން ވެސް ތަރައްޤީ ގެނެސް ދެވޭނީ މިޕާޓީއަށް" ޑރ. ޖަމީލް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.