ޚަބަރު

ރާއްޖެ މިނިވަންކަންމަތީ އޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް ޞާލިޙު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދަންނަވަމުން ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށެވެ.

އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދެމެހެއްޓެވުން އެދި ރައީސްގެ ޓްވީޓުގައި ދުޢާ ކުރައްވާފައިވެއެވެ.

ރައީސް ޞާލިޙުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީނުގެ އަލިގަދަ ނޫރުން ހިތްތައް އަލިކުރެއްވުން ކަމަަށެވެ. އަދި ތާއަބަދަށް މުސްލިމުން ކަމުގައި ދެމިތިބުމުގެ ހެޔޮތައުފީގު ދެއްވުންއެދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދުޢާ ކުރައްވާފައެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 542 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ ދެވަނަ ދުވަހުގައެވެ. މިއަހަރު މިދުވަސް ދިމާވެފައި ވަނީ މިއަދަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!