ޚަބަރު

ކަންކަން ރަނގަޅު ނުކުރެވޭ ކޮންމެ ފަހަަރަކު ކޮނޑުގައި އޮންނަ މަކުނު ރައީސް ޔާމީނަށް އެއްލުމަކީ ދެރަވަރުކަމެއް: ތަޖޫބެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފައްޓަރު ބައި ވިއްކާލަން ޖެހެނީ ރައީސް ޔާމީންއާ ހެދި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު  ވިދާޅުވުމުން މަޝްހޫރު ކޮމީޑިއަން އަހްމަދު ޝާޒް،ތަޖޫ ރައްދު ދީފިއެވެ.

ތަޖޫބެ ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވަނީ "ފައްޓަރުބައި" ވިއްކާލަން ޖެހެނީ ރައީސް ޔާމީންއާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް އޮންލައިން ނޫހަކުން ލިޔެފައިވާ ހަބަރެއްގެ ސްކްރީންްޝޮޓެއް ހިއްސާ ކުރަމުންނެވެ.

"ރައީސް ނަޝީދު ވިދާޅުވެފައިވާ އެއްޗެއް ދެއްތޯ؟ ތިމަތިމާމެންނަށް ކަންކަން ރަނގަޅަށް ނުކުރެވޭ ކޮންމެ ފަހަރަކު ކޮނޑުގައި އޮންނަ މަންކީ ރައީސް ޔާމީނާ ދިމާއަށް އެއްލާލުމަކީ ވަރަށް ދެރަވަރު ކަމެއް" ތަޖޫބެ ބުނެފައިވެއެވެ.

 

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އަމާގެ ފައްޓަރު ބަޔާ ބަފާގެ ސޯރު ފޮތިކޮޅު ވިއްކާލައިގެން ގެންނަ ތަރައްގީއެއް ބޭނުން ނުވާ ކަމަށް ތަޖޫބެ ބުނެފައި ވަނިކޮށެވެ. ތަޖޫބެ މިހެން ބުނެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްގެ ގޮތުގައި ބަހައްޓައިގެން ސަރުކާރުން 300 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމުމާ ގުޅިގެންނެވެ.

Ads by Allied Insurance
  1. ކުޑީ

    މި ސަރުކާރުން ކުޅޭކުޅިގަނޑު މި ރާއްޖޭގެ އެންމެ ކުޑަކުއްޖާވެސް ދަންނާނެ……ކަނީީ ކަނީ ިކައިފި އަސްލުވެސް.

  2. ޖޭމްސް

    ރަހުނު ރަހުނަށްވާ ގޮތާ ބޮންޑު ބޮންޑަށް ވާ ގޮތާ ރިބާ ރިބާ އަށް ވާ ގޮތާ ސުކޫކު ސުކޫކަށްވާ ގޮތާ މަށަށް ހަމަ އޮޅިއްޖެ. ނޫސް ތައް ކިޔާ ވަރަކަށް މަ ވާ ވަދެ ނިމެނީ. ކިޔެވި އެއްޗެއް އޮޅުން ސުވާއްޔައް ވެއްޖެ. ނޫސްވެރިންނޭ ސާބަހޭ.

  3. ގުންޑާ

    ތަޖޫމެން ކަހަލަ ބޭފުޅުން ބުނެލާ އެއްޗިސް ސަޅި.