ޚަބަރު

ޖޭޕީގެ ނައިބު ރައީސް ސައުދު އެޕާޓީގެ މީޑިއާ ގުރޫޕަށް ވެއްދުމުން ވިދާޅުވީ "ޕްލީސް ޑޯންޓް އެޑް މީ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ރައީސް އަހުމަދު ސައުދު އެޕާޓީން ވައިބާގައި މީޑިއާތަކަށް ހަދާފައިވާ ގްރޫޕުން ނިކުމެވަޑައިގެންފިއެވެ.

Ads by Sosun Fihaara

ކުރިން އެގްރޫޕުގައި އިންނެވި ސައުދު، އެގްރޫޕުން މިއަދު ފުރަތަމަ ނިކުމެވަޑައިގެންނެވީ 18:50 ހާއިރެވެ. ސައުދު ނިކުމެ ވަޑައިގަތުމުން އެމަނިކުފާނު ޖޭޕީން ވަކިވެ ވަޑައިގެންނެވީތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް 19:07 ހާއިރު ޖަވާބު ދެއްވަމުން އެޕާޓީގެ ޗީފް ސްޕޯކްސްޕަރސަން އަލީ ޞާލިޙު ވިދާޅުވީ އެއީ "ފޯނަށް ދިމާވި އިޝޫ އަކާއި ހެދި" ކަމަށާއި "ރަނގަޅުވީމަ އަލުން ޖޮއިން ކޮށްލާނެ" ކަމަށެވެ.

މިރޭ 9:52 ހާއިރު ސައުދު އަލުން ޖޭޕީގެ އެމީޑިއާ ގްރޫޕަށް ވެއްދުމާއެކު "ޕްލީސް ޑޯންޓް އެޑް މީ" (އަޅުގަނޑު މިތަނަށް ނުވައްދާށޭ) ވިދާޅުވުމަށް ފަހު އަނެއްކާވެސް އެގްރޫޕުން ނިކުމެ ވަޑައިގަތެވެ.

ސައުދު ވަނީ މީގެ ކުރިން އެގްރޫޕުގައި އިންނެވިއިރު ނޫސްވެރިން ކުރާ ބައެއް ސުވާލުތަކަށް ގްރޫޕުގައި ޖަވާބު ދެއްވާފައެވެ. ނަމަވެސް މިފަހަކަށް އައިސް ސަރުކާރުގެ އެކި ކަންކަމަށް އެމަނިކުފާނު ފާޑު ވިދާޅުވަމުން ގެންދާކަން ވެސް ފާހަގަ ވެފައިވެއެވެ.

ސައުދު އެގްރޫޕުން ނިކުމެ ވަޑައިގެންނެވި ސަބަބެއް ޖޭޕީގެ ފަރާތުން ވެސް، ސައުދުގެ ފަރާތުން ވެސް އަދި އެނގިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!