ބޮލީވުޑް މުނިފޫހިފިލުވުން

ލޯބިވެރިޔާއާއެކު ތާރާ ވެސް ރާއްޖޭގައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔަރ 2" އިން ބޮލީވުޑަށް ތަޢާރަފްވި ތާރާ ސުތާރިއާ، އޭނަގެ ލޯބިވެރިޔާ އަދި އެކްޓަރ އާދަރް ޖެއިން އާއެކު ރާއްޖެ އަައިސްފިއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާގޮތުގައި ތާރާ އާއި އާދަރް ރާއްޖެ އައިސްފައި ވަނީ މިއަދު އެވެ. އެމީހުން ތިބީ ފެސްދޫ އައިލެންޑް ރިސޯޓު ގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ. އެދެމީހުން ރާއްޖެ އައިސްގެން އުޅޭކަން، އެމީހުންގެ އިންސްޓަގްރާމް ސްޓޯރީން ވެސް ވަނީ ހާމަ ކޮށްފައެވެ.

ތާރާ އާއި އާދަރް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ޚަބަތު ފެތުރެމުން ދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އާދަރްގެ ގޭގައި ފަހަކަށް އައިސް ބޭއްވި ބައެއް ހަފްލާތަކުގައި ވެސް ތާރާ ވަނީ ބައިވެރިވެފައެވެ. އަދި މި ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.

ނަމަވެސް އާދަރްގެ ތަރުޖަމާނު ވަނީ މިވާހަކަތައް ދޮގު ކޮށްފައެވެ. އޭނާ ބުނީ އާދަރް އަދި ބޭނުން ވަނީ އޭނަގެ ކެރިއަރަށް ސަމާލުކަން ދިނުމަށް ކަމަށާއި އެކްސެލް ވޯލްޑުން އުފައްދާ "ހެލޯ ޗާލީ" ފިލްމުގައި ހަރަކާތްތެރިވާން ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ތާރާ އަށް ބަލާއިރު، ގިނަ ޕްރޮޖެކްޓުތަކެއް އޭނައަށް ލިބިފައިވެއެވެ. އެގޮތުން އެންމެ އަވަހަށް އޭނާ ކުޅެން ހަމަޖެހިފައި ވަނީ އާހަން ޝެޓީ އާއެކު ކުޅޭ "ތަޅަޕް" އެވެ.

  1. ތިމީހުން ތިބޭނީ އިންނަންވާއިރު ގަންނާނެ ހުރިހާގަނޑެއް ގަނެފަ