އިސްކޮޅުން 7 ފޫޓަށް ވުރެ ދިގު މިކުއްޖާގެ އުމުރަކީ 14 އަހަރު!

ދުނިޔޭގައި އެކި ދިގުމިނުގެ އިންސާނުން އުޅެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ވަރަށް ވުރެ ދިގު އަދި އުމުރަށް ވުރެ ބޮޑުތަން އިސްކޮޅު ކުރު މީހުން ވެސް އުޅެއެވެ. ކިޔައިދޭން މިއުޅެނީ ހަމަ އެފަދަ ކުއްޖެއްގެ ވާހަކައެވެ.
“ރެން ކޭޔޫ” ނަކަމަކަށް ކިޔާ މި ކުއްޖާއަކީ އުމުރުން އެންމެ 14 އަހަރުގެ ކުއްޖެކެވެ. ޗައިނާގައި ދިރިއުޅޭ މިކުއްޖާއަކީ މުޅި ދުނިޔެއިން ވެސް އެންމެ ދިގު ފިރިހެން “ޓީން އޭޖާ”އެވެ. ރެން ކޭޔޫ ގެ އިސްކޮޅުގައި 7 ފޫޓާއި، 3 އިންޗި ހުރެއެވެ. ވީއިރު މިއީ އަދި އެންމެ 14 އަހަރުގައި އިސްކޮޅު ހުރި ވަރެވެ. ބޮޑުވާ ވަރަކަށް އިސްކޮޅު ކިހާ ދިގުވާނެ ބާވައެވެ؟
މިއީ ސެންޓިމީޓަރުން ބަލާނަމަ 221.03 ސެންޓިމީޓަރެވެ. ރެން ކޭޔޫ މިހާރު ވަނީ ވޯލްޑް ރެކޯޑު ފޮތުން ޖާގަ ވެސް ހޯދައިފައެވެ.
ރެން ކޭޔޫ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޓީޗަރުންނާއި ދަރިވަރުންނަށް ވެސް އަސްލު އޭނާ ކިޔަވާ ގުރޭޑު އޮޅޭ ކަމަށެވެ. އަދި އޭނާ އެންމެ ފުރަތަމަ ސުކޫލަށް އަންނަން ފެށިއިރުން ފެށިގެން ވެސް އެހެން ކުދިންނާ އާދަޔާ ޚިލާފަށް ދިގު ކަމަށް އޭނާ އަމިއްލަ އަށް ވެސް ފާހަގަ ވީ ކަމަށް މައުލޫމާތު ދީފައި ވެއެވެ.