ދުނިޔެ

އިންނަން އުޅުނު ކުއްޖާ ބޭވަފާތެރިވާކަން އެނގުމުން ބަދަލުހިފީ ވަރަށް ވެސް ތަފާތުކޮށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ އިނގިރޭސި ވިލާތުގައި ކައިވެނި ކުރަން އުޅުނު ފިރިހެން ކުއްޖެއް އަންހެން ކުއްޖަކަށް ބޭވަފާތެރި ވާކަން އެނގުނު ހިސާބުން އޭނާއަށް ބަދަލު ހިފުމަށް ކުރި ކަމެއްގެ ވާހަކައެވެ.

Ads by Sosun Fihaara

މި އަންހެން ކުއްޖާއަށް އެތައް ބައެއްގެ ފަރާތުން އައީ އެފަދަ ޚަބަރުތަކެއް ލިބެމުންނެވެ. އެހެން ނަމަވެސް ހަގީގަތް ލޮލުން ނުފެންނާހާ ހިނދަކު އެކަން ގަބޫލު ކުރަން އޭނާ ބޭނުން ނުވީއެވެ. ނަމަވެސް އެވާހަކަ ތަކަކީ ހަގީގަތްތޯ ބެލުމަށް އެތަކެއް މަސައްކަތް ތަކެއް އޭނާ ކުރިއެވެ.

އެހެންކަމުން އޭނާ ކުރި މަސައްކަތުން އޭނާއަށް އެނގިގެން ދިޔައީ އޭނާގެ ލޯބިވެރިޔާގެ ފޯނުން ވެސް އެފަދަ ގޮތަކަށް އެހެން ނަންބަރަކަށް އޭނާ މެސެޖު ކޮށްފައި ހުރި ކަމެވެ. ދެން ކަންތައް ކުރީ ވަރަށް ވެސް މޮޅުކޮށެވެ.

އޭނާގެ ލޯބިވެރިޔާގެ ފޯނުން އެ މެސެޖުތައް ސްކރީން ޝޮޓު ނެގުމަށް ފަހު އަމިއްލަ ފޯނަށް ފޮނުވާލީއެވެ. އޭގެ ބޭނުން ފަހުން ކުރުމަށެވެ.

ކޮންމެއަކަސް ކައިވެނި ކުރާ ދުވަސް އަތުވެއްޖެއެވެ. އެއްވެސް ކަމެއް ވީކަން ހާމަ ނުކޮށް މި އަންހެން މީހާ ވެސް ދިޔައީ ކައިވެނީގެ ހަފްލާއަށް ތައްޔާރުވަމުންނެވެ. އަދި އެކަމުގެ ބަދަލު ހިފުން އޮތީ އެދުވަސް ކަމުން ހުރިހާ ކަމަށް ވެސް ވަރަށް ތައްޔާރު ވެގެންނެވެ.

ދެމީހުންގެ ކައިވެނީގައި ކުރެވޭ ހުވާ އޮންނަނީ ޕްރިންޓު ކުރުމަށް ފަހުގައި ދެމީހުންގެ އަތަށް ވެސް ދީފައެވެ. ކައިވެނި ކުރެވޭ ވަގުތު ހުވާ ކިޔުމަށް ތައްޔާރު ވެގެން ދިޔައިރު، އެ އަންހެން މީހާގެ އަތުގައި އޮތީ ހުވައެއް ނޫނެވެ. އެ ފިރިހެން މީހާ ލޯބީގެ ގޮތުން އެހެން މީހަކާ ދައްކާފައި ހުރި ވާހަކަތަކެވެ. އެތައް ބަޔަކު އެއްވެގެން ހުރި ވަގުތެއްގައި އެ ކިޔައި ނިންމާލީ އޭނާ އިންނަން އުޅުނު ލޯބިވެރިޔާ ބޭވަފާތެރިވި ގޮތުގެ ވާހަކައެވެ.

މިއީ ހަގީގަތިގައި ވެސް ވަރަށް ހިތްވަރު ގަދަ އަންހެނެކެވެ. އެފަދަ ކަމަކާ އޭނާ ކުރިމަތިލީ ކެރިހުރެ އެކަނިމާ އެކަންޏެވެ. އަދި އޭނާ އެ ކައިވެނި ނުކުރެވުނީތީ ހުރީ އިންތިހާއަށް ހިތްހަމަ ޖެހިފައެވެ.

Ads by HDC
  1. އެމޫ

    މިފަދަ ނުވިސްނޭ ކޮޕީ ކުރާ މުޖުތަމައެއގެ ތެރެއަށް ތިޔަ ފޮނުވާލެއްވީ ވަރައްވެސް އިބުރަތްތެރި ހަބަރެއް.
    އިބުރަތުން އިބުރަތް ޒިންމާދާރު ކަން މަތީ ލިބިގަންނާށެވެ.