ލައިފްސްޓައިލް

އާދަޔާ ޚިލާފު މަލެއް! ބިންނަން ކައިރިވެއްޖެނަމަ، ގެއްލޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗައިނާއިން ވަރަށް އާދަޔާ ޚިލާފު , ތަފާތު މަލެއް ފެނިއްޖެއެވެ.

Ads by STELCO

"ފްރިޓިލޭރިއާ ޑެލާވޭ" ނަމަކަށް ކިޔާ މިމަލަކީ ޗައިނާގެ ހެންގްޑުއަން ފަރުބަދަމަތިން ފެނިފައިވާ ގުރާ ފެހި ކުލައިގެ ކުދު ކުދި ރީތި މާ ތަކެކެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުަގައި މިމާތައް އުފެދެމުންދާތާ މިހާރު ހާހަކަށްވުރެ ގިނަ އަހަރު ވެދާނެއެވެ.

ނަމަވެސް ކުރިން ވެސް ބުނި ފަދައިން މިއީ ވަރަށް ތަފާތު މަލެކެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މިމަލަކީ ދިރުންހުރި އެހެން ތަކެއްޗާއި ވަރަށް ބީރައްޓެހި މަލެކެވެ. އެގޮތުން މި މާތައް ކައިރިއަށް ދިރުން ހުރި އެއްޗެއް ގޮސްފިނަމަ، މިސާލަކަށް އިންސާނަކު މިމާ ބިންނަން އެއާ ކައިރިއަށް ގޮސްފިނަމަ، މާތައް ވަގުތުން އެމީހެއްގެ ލޮލަށް ގެއްލެއެވެ. ހަގީގަތުގައި މިމާތައް "ކެމޮފްލާޖް" ވަނީ ކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ. އެހެންކަމުން މީހުންގެ ލޯތަކުގައި މިމާތައް އަޅައެއް ނުގަނެއެވެ.

"އަހަރުމެން ހެދި ރިސާޗުތަކަށް ބަލާއިރު، މިފަދަ މާތައް މިއަންނަނީ ދުވަހުން ދުވަހަކަށް އޭގެ ވަށައިގެންވާ ގޮފިތަކާއި އެއްކުލައަކަށް ބަދަލުވަމުން އައިސްފައި. ދުރުން ބަލާއިރު މާތައް ފެންނަނީ ގުރާފެހި ކުލައިގަ. އެކަމަކު ކައިރިއަށް ގޮސްފިނަމަ ފެންނާކަށް ނުހުރޭ. ނަމަވެސް މާތައް ހުރި ދިމާލުން، އެމާތަކުގައި އަތް ޖެހުމުން ގެއްލެނީ ނޫންކަން ކަށަވަރުވޭ. ކެމޮފްލާޖްވެފައި ހުންނައިރު މާ ބިނދެވިއްޖެނަމަ އަލުން އެމާތައް ހުންނަނީ ފެހި ކުލައިގަ" ކަންމިންގް އިންސްޓިޓިއުޓް އޮފް ބޮޓަނީ ގެ ސައިންޓިސްޓު ޑރ. ޔަންގް ނިއު ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!