ލައިފްސްޓައިލް

މިއީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ދިގު އައުޓްޑޯ ލިފްޓު! އަރާނަންތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ޗައިނާގެ ހުނާން ގައި ހުންނަ "ބައިލޯންގް އެލިވޭޓޯ" އެވެ. ޖިނިއަސް ބުކް އޮފް ވޯލްޑް ރިކޯޑްސް ގައި މިލިފްޓަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ދިގު އައުޓްޑޯ ލިފްޓު ކަމުގައި ފާހަގަ ކޮށްފައިިވެއެވެ.

Ads by Hajj Corporation

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިލިފްޓުގެ ދިގުމިނުގައި 326 މީޓަރު (1،070 ފޫޓު) ހުރެއެވެ. މިލިފްޓު ހަދާފައިހުރީ ޒަންގްޖިއަޖީ ނޭޝަނަލް ފޮރެސްޓު ޕާކުގައެވެ.

ބައިލޯންގް އެލިވޭޓަރ އަށް އަރަން ހުންނަ ދޮރު ހުންނަނީ ބިމުން މަތީގައި، ފަރުބަދައިގެ ކޮޅުގައެވެ. ލިފްޓަށް އަރާ ފަތުރުވެރިންނަށާއި އާންމުންގެ މީހުންނަށް ފަރުބަދަތަކުގެ އުސްކަމާއި، ގަސްތަކުގެ ތެރެއިން އެފަދައިން ދަތުރު ކޮށްލުމުން ފެންނަ ރީތި މަންޒަރުތައް ދައްކުވައިދެއެވެ.

ޖީނިއަސް ބުކް އޮފް ވޯލްޑް ރިކޯޑްސްއިން މިލިފްޓު ފާހަގަ ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް މިލިފްޓު އިމާރާތް ކުރަން ފަށާފައި ވަނީ 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އާއްމުންނަށް މިލިފްޓު ހުޅުވާލީ 2002 ވަނަ ވަނަ އަހަރުގައެވެ. ނަމަވެސް ހަމަ އެއަހަރު ލިފްޓުގެ ޚިދުމަތް ދިނުން 10 މަސް ދުވަހަށް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ 2003 ވަނަ އަހަރުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެއިރު މިޚިދުމަތްތައް މެދުކަނޑާލީ ލިފްޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ގޮތުން ކަމަށް ވެސް ބުނެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!