ޚަބަރު

ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޕީއެންސީގެ ނައިބު ރައީސް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

Ads by MWSC

އިދިކޮޅު ޕީޕީއެމް އިން މިއަދު ބުނީ މާދަމާ 14:30 އަށް ޝުޖާއު ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

ޝުޖާއު ފުލުހަށް ހާޒިރު ކުރުމަށް އަންގާފައިވަނީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް މި މައްސަލަ އާ ގުޅިގެން ފުލުހަށް ހާޒިރުވާން ޝުޖާއު އަށް އެންގި ނަމަވެސް އެ ދުވަހު ވަނީ އެކަން ކެންސަލްވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވި ކަމަށް ބުނެ،  އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން، ޝުޖާއު ފުލުހަށް ހާޒިރުކޮށް ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!