މާލޭ ފަޅު ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޕޮލިސް ޓޯ ޔާޑާ ދިމާލު މާލެ ފަޅު ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:43 ހާއިރު ކަމަށެވެ.
އަދި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު މީހާއަކީ އުމުރުން 58 އަހަރުގެ އިނގިރޭސި ރައްޔިތެއް ކަމަށެވެ. އޭނާ އަކީ ރާއްޖެ އައިސް އުޅޭ ފަތުރުވެރިއެއް ކަމެއް ނުވަތަ ރާއްޖޭގައި ވަޒީފާއެއް އަދާކުރާ މީހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.