ގަލޮޅު ގެއެއްގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭ ގަލޮޅުގައި ހުރި ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަލޮޅުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 11:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ގަލޮޅު ގެއެއްގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާއިރު، މިއަދު ހެނދުނު 9:43 ހާއިރު މާލޭ ފަޅުތެރޭ މޫދުގައި ވެސް މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.
މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 58 އަހަރުގެ، އިނގިރޭސިވިލާތުގެ ފިރިހެނެކެވެ.