ރަޝިއާގެ ވެކްސިން ރައީސް ޕުޓިން ނުޖައްސަވާނެ
ރަޝިއާއިން ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިން، އެގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ނުޖައްސަވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރަޝިއާގެ އިސް ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި ޕުޓިން ވެކްސިން ނުޖައްސަވާނީ އެއީ ސަޓިފައިޑް ވެކްސިން އަކަށް ނުވާތީއެވެ. އަދި އާންމުކޮށް ގިނަ މީހުނަށް ވެކްސިން ޖަހަން ފަށާފައި ނުވާއިރު، ގައުމުގެ އެންމެ އިސް ފަރާތަށް ވެކްސިން ޖެހުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމުގައި މީޑިއާ އަށް މައުލޫމާތު ދެމުން ތަރުޖަމާނު މިތްރީ ޕެސްކޯވް ވަނީ ބުނެފައެވެ.
ރަޝިއާއިން ވަނީ ކޮވިޑް-19 އަށް ދެ ވެކްސިން އެއް ތައާރަފްކޮށްފައެވެ. އޮގަސްޓު މަހުގެ ބޭނުން ކުރުމުގެ ހުއްދަ ލިބުނު ސްޕްޓްނިކް 5 ވެކްސިން ގެ އިތުރުން އިތުރު ވެކްސިނެއް އެގައުމުން އުފައްދާފައިވާ ކަން ޕުޓިން އިއުލާނު ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.
ފާއިތުވި ހަފްތާގައި ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާ އިން ތައްޔާރުކުރި ވެކްސިންތައް މެނުފެކްޗަރ ކުރުމަށް އިންޑިއާ އާ ޗައިނާ އާއެކު އެއްބަސްވުމެއް އަންނަނީ ހަދަމުންނެވެ.
ރަޝިއާގެ ފުރަތަމަ ވެކްސިން ސްޕްޓްނިކް 5، 90 އިންސައްތަ ރައްކާތެރި ކަމަށް ދާދި ފަހުން ކުރި ދިރާސާތަކުން ވަނީ ދައްކާފައެވެ.