ޚަބަރު

ރައީސް ނަޝީދުގެ އެދިވަޑައިގަތުމާ ގުޅިގެން މުޢިއްޒުގެ ސުވާލެއް ޝައިޚް އިލްޔާސަށާއި އިޔާޒަށް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި އޭގެ މާނަ ނުކިޔުމަށް ، މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތުމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދުގެ މުޢިއްޒުގެ ސުވާލެއް ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބައެއް ޝައިޚުންނަށް އަމާޒު ކުރައްވައިފިއެވެ.

Ads by STELCO

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ، ކީރިތި ޤުރުއާން ހިތުދަސް ނޫން ކަމަށާއި، މަޖިލީހުގެ މެމްބަރުން އާޔަތް ވިދާޅުވަމުން ދާއިރު، ރިޔާސަތުގައި އިންނަވައިގެން، އޭގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގައި އުޅެނީ ދީނީ އިލްމުވެރިން ނޫންކަމަށާއި، މަޖިލީހުގައި ޝެއިޚުން މަދު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ސުވާލު އަމާޒު ކުރެއްވީ އަދާލަތު ޕާޓީގެ ތިން ޝައިޚުން ކަމަށްވާ ޑރ.އިޔާޒާއި ޝައިޚް ޒައިދުގެ އިތުރުން ޝައިޚް އިލްޔާސަށެވެ.

"ކީރިތި ޤުރުއާން ކިޔަވާ އަޑު އިވޭ މީހާއަކީ ޤުރުއާން ހިތުދަސް މީހަކަށް ވާން ޖެހޭނެތޯ؟" މުޢިއްޒު ސުވާލު ކުރައްވާފައި ވެއެވެ.

މަޖިލީހުގެ ތަޅުމުގައި ކީރިތި ޤުރުއާން ނުކިޔެވުމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒު ވެފައެވެ. ޚާއްޞަކޮށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު އިޓަލީ ބަހުން ވާހަކަ ދައްކަވަން ހުއްދަ ދެއްވައިގެން އެ ބަހުން ވާހަކަ ދެއްކެވިއިރު މަޖިލީހުގެ ރައީސަށް އިޓަލީ ބަސް އެނގިލައްވާތޯ ގިނަ ބަޔަކު ސުވާލު ކޮށްފައިވެއެވެ.

Ads by Ooredoo
  1. ޒޫނާ

    މޯދީ ގެނެސް ހިންދީ ބަހުން ދަޤުރީރު ދިންއިރު އެ ބަސް އެގިލައްވާތޯ ނަޝީދު ކުރެން އައްސަވާބަ.

    • ކިނބޫ

      އެއަށް ނޭނގެނީ ގުރުއާން އެކަނި.

  2. ކެކެކެ

    ތި ދެމީހުންނަކީ ނަޝީދު ކަހަލަ ދެމީހުން. ފޮޓޯއިންވެސް ދުވަނީ ފުޅަކުނިވަސް.

  3. ޢާލިިި

    ރައީސް ޔާމީން އިސްވެހުންނަވައިގެން އެމް އެމް ޕީ އާރުސީނއެހާބޮޑ ު ވައްކަންތައްކުރެއްވިއިރުއެސަރުކާރުގެމިނިސްޓަރަކަށް ހުންނެވީކީއްވެތޯ؟

    • މަމީ

      ކީއްވެ ކޮންމެ ކަމެއްގަ މަތިޖަހަން ތިއުލޭނީ

  4. ހަސަނު

    ލަދުހަޔާތްކެނޑުނީމަ ކޮންމެ ވާހަކައެއްވެސް ދައްކާނެ. އަދި ކީރިތި ޤުރުއާން ކިޔެވޭއަޑުއަހަން ކީއްކުރަންތަ އެފަދަތަނެއްގައި މަޑުކޮށްލަންވެސް ޝައިޠާނާ އަކަށް ކެތެއް ނުވާނެ.