ކުޅިވަރު

އޭއެފްސީ ބްރެކެޓް ޗެލެންޖު: ވަރުގަދަ ފައިނަލުގެ ވޯޓުލުން ފަށައިފި! އަވަހަށް އަޝްފާޤަށް ވޯޓުދެމާ؟

މަރްޔަމް ވަޙީދާ

އަޝްފާގަށް ވޯޓް ލެއްވުމަށް

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން "އޭއެފްސީ ބްރެކެޓް ޗެލެންޖުގެ" ފައިނަލްގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

"އޭއެފްސީ ބްރެކެޓް ޗެލެންޖުގެ" ފައިނަލްގައި ވާދަކުރަނީ ހޮންގް ކޮންގްގެ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ.

މިޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އިރު، އެކުޅުންތެރިން ހޮވިފައިވަނީ އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކުންނެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ މިޗެލެންޖުގައި ވާދަކޮށްފައިވާއިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

ދަގަނޑޭ ފައިނަލަށް ގޮސްފައި މިވަނީ ސެމީ ފައިނަލް ބުރުގައި ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައި އާއި ވާދަކޮށް، އޭނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލް ބުރުގެ ވޯޓުލުން ނިމުނި އިރު ދަގަނޑޭ ކުރީގައި އޮތީ 54،68 ވޯޓުންނެވެ. އަދި ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.

ފައިނަލަށް ދަތުރުކުރުމަށް ހޮންގް ކޮންގްގެ ޗަން ސިއު ކީ ސެމީފައިނަލުގައި ހޯދާފައިވަނީ 51.61 ޕަސެންޓެވެ. އޭނާއާ ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައި ވަނީ 48.39 ޕަސެންޓް ވޯޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!