ރާއްޖޭ ކުޅިވަރު

ދަނޑު ފުރައިލައި ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް ދަގަނޑޭ އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ/ވަގުތު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗުގައި، ގަލޮޅު ދަނޑު ފުރައިލައި ދިވެހި ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް، ޤައުމީ ޓީމުގެ އެންމެ މޮޅު ފޯވަޑް ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

Ads by STELCO

ދަގަނޑޭގެ ރަސްމީ ފޭސްބުކް އެކަންޓުގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، ދިވެހި ސަޕޯޓަރުން ދަނޑު ފުރައިލައި ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ކަން ދިމާކުރި ގޮތުން މިފަހަރު ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ އަދަދު މަދު ނަމަވެސް އެންމެހާ ސަޕޯޓަރުން ގައުމީ ޓީމާ އެކު އެ ބޭފުޅަކު ހުންނެވި ހިސާބަކުން ޓީމަށް ހިތްވަރު ދިނުމުގައި ތިއްބެވުން އެދެން. އަދި، ދިވެހި ސަޕޯޓަރުންގެ ހެޔޮ ދުއާ ގައުމީ ޓީމާ އެކު ވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން" ދަގަނޑޭގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފަހުން މި މަހުގެ 7ވަނަ ދުވަހުގެ ރޭ ރާއްޖެއާއި ބަނގްލަދޭޝް ބައްދަލު ކުރި މެޗުގައި ދަގަނޑޭ ވަނީ މޮޅު ކުޅުމެއް ކުޅެ، ލިބުނު ޕެނަލްޓީއަކުން މޮޅު ގޯލެއް ވެސް ޖަހައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!