ކުޅިވަރު

އޭއެފްސީ ބްރެކެޓް ޗެލެންޖު: އަޝްފާގަށް ވޯޓް ލެވޭނެ ފަސޭހަ ލިންކެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން "އޭއެފްސީ ބްރެކެޓް ޗެލެންޖުގެ" ފައިނަލްގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، އެ ޗެލެންޖުގައި ވާދަކުރާ ޢަލީ އަޝްފާޤް (ދަގަނޑޭ) އަށް ވޯޓް ލާނެ ފަސޭހަ ލިންކެއް "ދެން" އިން ތައާރަފްކޮށްފިއެވެ.

Ads by STELCO

https://dhen.mv/voteashfaq

ގިނަ ބަޔަކަށް ވޯޓް ލާނެ ލިންކް ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، "ދެން" އިން މިވަނީ އެފަރާތުގެ ވެބްސައިޓުން، އޭއެފްސީގެ ވެބްސައިޓަށް ރީޑައިރެކްޓް ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސާފަައެވެ. މިގޮތުން މަތީގައިއެވާ ލިންކް ހުޅުވާލުމުން، ނުވަތަ ބްރައުޒާގައި، dhen.mv/voteashfaq މިހެން ޖަހާ ސާޗްކޮށްލުމުން، އޭއެފްސީގެ ވެބްސައިޓަށް ރީޑައިރެކްޓް ވެގެންދާނެއެވެ.

މިއަދު ހެނދުނު ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު "ދެން" ގެ ވެބްސައިޓް މެދުވެރިކޮށް އަޝްފާގަށް ވޯޓުލުމުގެ ފުރުސަތު ލިިބިގެންދާނެއެވެ. ވޯޓުލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ.

"އޭއެފްސީ ބްރެކެޓް ޗެލެންޖުގެ" ފައިނަލްގައި ވާދަކުރަނީ ހޮންގް ކޮންގްގެ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެހާމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ.

މިޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އިރު، އެކުޅުންތެރިން ހޮވިފައިވަނީ އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކުންނެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާއި މިޗެލެންޖުގައި ވާދަކޮށްފައިވާއިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

ދަގަނޑޭ ފައިނަލަށް ގޮސްފައިމިވަނީ ސެމީ ފައިނަލް ބުރުގައި ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައި އާއި ވާދަކޮށް، އޭނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލް ބުރުގެ ވޯޓުލުން ނިމުނި އިރު ދަގަނޑޭ ކުރީގައި އޮތީ 54،68 ވޯޓުންނެވެ. އަދި ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.

ފައިނަލަށް ދަތުރުކުރުމަށް ހޮންގް ކޮންގްގެ ޗަން ސިއު ކީ ސެމީފައިނަލުގައި ހޯދާފައިވަނީ 51.61 ޕަސެންޓެވެ. އޭނާއާ ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައި ވަނީ 48.39 ޕަސެންޓް ވޯޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!